ޚަބަރު

އެމްޑީޕީގެ ޓިކެޓް އިތުރު 10 ބޭފުޅަކަށް ކަށަވަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 10 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެއްޖެ އެވެ.

Ads by STELCO

ޓިކެޓް ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ ބައެއް މެމްބަރުން ހިމެނެ އެވެ. އެއީ:

1- އަމީން ފައިސަލް – ކަނޑިތީމު ދާއިރާ

2- ސަލީމް ހުސައިން – އިނގުރައިދޫ ދާއިރާ

3- އަލީ ނިޔާޒް – ކުރެންދޫ ދާއިރާ

4- ޝާތިރު އަބްދުއްރަހްމާން – ހުރާ ދާއިރާ

5- ރުގިއްޔާ މުހައްމަދު – ދަނގެތި ދާއިރާ

6- މޫސާ ޝިޔާމް އަބްދުއްރަހްމާން – މުލަކު ދާއިރާ

7- އަބްދުﷲ ޝަރީފް – ގަމު ދާއިރާ

8- އަހްމަދު ސައީދު – ގެމަނަފުށީ ދާއިރާ

9- އަހްމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ

10- އިބްރާހިމް މުއިއްޒު – ހެންވޭރު އުތުރު ދާއިރާ

ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ ޓިކެޓް މީގެކުރިން ވަނީ 36 ފަރާތަކަށް ކަށަވަރުވެފަ އެވެ. އެއް ކެންޑިޑޭޓަަކަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 3 ގަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!