ޚަބަރު ރައްޔިތުންގެ މަޖިލިސް

އަލިފާނުގެ ހާދިސާ މަޖިލީހުން ބަލަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮޑުތަކުރުފާނު މަގުގައި އެސްބީއައި ކައިރީގައި ހުރި ކެފޭއަކާއި އެސްބީއައި އިމާރާތުގައި ރޭ އަލިފާން ރޯވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނިންމައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން މި މައްސަލަ ބަލަން ނިންމާފައިވާއިރު، މިހާރު ވަނީ އެ ކޮމެޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ބޭއްވުމަށް ނިންމައި ކޮމެޓީ މެންބަރުންނަށް އެ ބައްދަލްވުމުގެ ނޯޓިސް ވަނީ ފޮނުވާފައެވެ.

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ކޮމެޓީން ރޭ މާލެ ސިޓީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅޭގޮތުން މަޝްވަރާ ކޮށް  ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ފުލުހުން ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ރޭ 9:30 އެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައިވަނީ "ޓިއޯލޯ" ކެފޭގައެވެ. އެއީ ދެ ފަންގިފިލައަށް ހުރި އިމާރާތެވެ. އޭގެ ފަހުން ޖެހިގެން ހުރި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގައި ވަނީ އަލިފާން ރޯވެފައެވެ. އެ އިމާރާތުގެ މަތީ އެންމެ މަތީ ޓެރަސްގައި އަލިފާން ރޯވިއެވެ. އަދި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަލިފާން މުޅިން ކޮންޓްރޯލް ކުރެވިފައިވަނީ 12 ޖަހާ ބޮޑުވި ފަހުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާއިރު އަލިފާން ރޯވި އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!