ޚަބަރު

ރާއްޖޭގެ ފޮރިން މިނިސްޓަރު, އިންޑިއާގ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ މިނސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައިފި އެވެ.

Ads by STELCO

މި ބައްދަލުވުން އޮތީ ނަން-އެލައިންޑް މޫވްމަންޓް، ނާމްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ މެދުގައި ބާއްވާ 19 ވަނަ ސަމިޓުގެ ހަވާސާގަ އެވެ. މި ސަމިޓު ކުރިއަށްދަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގަ އެވެ.

މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާ ގުޅޭގޮތުން ކުރެވެމުންދާ މަޝްވަރަތަކާ ގުޅޭގޮތުންނާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށެވެ. އަދި ރާއްޖެ އޮތީ އިންޑިއާ އާއެކު އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަންނަ މާޗު މަހުގެ 15 ގެ ކުރިން އަނބުރާ ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!