ޚަބަރު

ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ހުއްޓައެއް ނުލާނަން: އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއާ އެކު ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ދެ ގައުމުގެ ދެމެދުގައި މަސައްކަތް ކުރެވޭނެ ހައްލުތަކެއް ހޯދާނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފިއެވެ.

Ads by STELCO

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ، ނޫސްވެރިންނާއި ބައްދަލުކުރައްވާ، އަންނަ މާރޗްމަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލެއްވުމާ ގުޅިގެން ގުޅުން ހީނަރުވެފައިވާ މައްސަލައަށް ހައްލު ހޯދުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކާއި، އެ ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ދެމިތިބޭނަން. އަޅުގަނޑުމެންނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް.

ކޮންމެ ހަފުތާއަކު އޮންނަ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިސްވާލް ވިދާޅުވި އެވެ.

އޭނާވަނީ، އިންޑިޔާއިން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ކުރަމުންދާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޖައިސްވާލް ވިދާޅުވީ، އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މައްސަލައަށް ހައްލު ހޯއްދުމަށް، އަންނަ މަހުގެ ކުރީކޮޅު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ-ރާއްޖެ ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މާލޭގައި ބޭއްވި ފުރަތަމަ ކޯ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިންގެ މައްސަލައާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމަށްފަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ރައްޔިތުންނަށް އިންސާނީ އަދި މެޑްވެކް (މެޑިކަލް އިވެކުއޭޝަން) ގެ ހިދުމަތް ފޯރުކޮށްދޭ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ދެ ފަރާތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ނުތަނަވަސްކަން އުފެދުނީ ރައީސް މުއިއްޒު އިންޑިއާ ސިފައިން ރާއްޖެއިން މުހުލަތެއް ދެއްވުމާއި ގުޅިގެންނެވެ.

އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ކަނޑުގެ އަވަށްޓެރި ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިދިޔަ ސަރުކާރުގައި ދިފާޢީ އަދި ސަލާމަތީ ރޮނގުން ވެސް ވަނީ ކުރިއެރުން ލިބިފައެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ވެގެންދިޔައީ މިގުޅުމަށް ވަރަށް ބޮޑު ކުރެއެރުމެއް ލިބިގެންދިޔަ ދަތުރުފުޅެއްގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފައި ވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރާއްޖޭގެ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ އިންޑިއާގެ އެހީގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ފައްޓަވާފަ އެވެ.

Ads by Ooredoo
  1. ދިސްވޭ

    ރާއްޖޭގެ އިގްތިސާދު ބޮއިކޮޓް ކުރަން ގޮވާލާ ގައުމެއްގެ ފަހަތުގައި ރާއްޖޭގެ އިގްތިސާދު ބާއްވައިގެން އެއްގޮތަކަށް ވެސް ރާއްޖެ އަށް ސާރކްގެ އެއްވަނަ އިގްތިސާދުގެ މަގާމް ނުލިބޭނެއޭ ލަންކާ އިންޑިއާ އާއި ދުރަށް ދާން މުއިއްޒުގެ ސަރުކާރަށް ދަސްވާން ޖެހޭނެއޭ މުއިއްޒު އެއީ ޕީއެޗްޑީ އެކޭ އެއީ ޚާއްސަކޮށް ފިރިހެންވަންތަ އިންޖިނިއަރިންގް ރޮގުންނޭ ޕީއެޗްޑީ ހަދައިގެން ހުރީ މޯދީ އަށް ފަޑަބޯން ދޭން ޖެހޭ ތަނެއްގައި ބޯން ދޭން ވެސް ފަސް ޖެހިގެން ނުވާނެއޭ މުއިއްޒު އެފެންވަރުގައި ޖައްސާށޭ ލަންކާގެ ބޮޑު ވަޒީރަށް ހުރީ އެއީ ކޮންޅާްއެއްތޭ އެއީ ބޮޑުވަގެކޭ އެޒާތުގެ ކަނޑުކޮހުން ދައްކާ ވާހަކަ ތައް ނުޖެހޭނެއޭ މަމެން ޕިންކީން ގެނައި ވެރިކަމަކުން ބަލަން އިންޑިއާ އަދި ލަންކާ އަށް ބޯންދީފައޭ ރާއްޖެ މަމެން ޕިންކީން ގެނައި ވެރިކަމެއްގައި ކުރި ހޯދަން ޖެހޭނީ…

  2. ބާލާބާލާ

    އިންޑިއާ ސިފައިން ބާލަން އެގައުމުގައި ކޮންމެެހެން ބައްދަލުވުމެއް ބާއްވަން ނުޖެހޭނެއޭ ރާއްޖޭގެ ރައްޔިތުންގެ %95 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ވޯޓްލި ރިޔާސީ އިންތިޚާބުގައި ވޯޓް ދިނީ މުއިއްޒު އަށް އިންޑިއާ ސިފައިން އެއްވެސް ޝަރުތެއް ނެތި ރާއްޖޭން ބާލާށޭ ދެން ރައްޔިތުން މިގޮތަށް ނިންމާފައި ވަނިކޮށް ރާއްޖޭގައި ވޯޓް ވެސް ނުލެވޭ އިންޑިއާގެ ބަހެއް އިންޑިއާ ސިފައިން ބާލަން ހޯދަން ނުޖެހޭނެއޭ މިހާރު ބާލާށޭ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ އިންޑިއާ ސިފައިނާ ބާލާބާލާ

  3. ދިސްވޭ

    އިންޑިއާ ސިފައިންނާްއި އަޅައިގަނެގެން މަމެން ޕިންކީން ގެނައި ސަރުކާރެއް ވަގުރު މާބޮޑަށް އެޒާތުގެ ކައްޕަޅި ކަމަކަށް ދުއްވާލައިގެން ނުވާނެއޭ މުއިއްޒު އެވަނީ އިއުލާންކޮށްފައި އިންޑިއާ ސިފައިން ރާއްޖޭން ބާލަން ޖެހޭނެ ކަމަށް މިއަހަރުގެ މާރޗް މަހުގެ ކުރިން ދެން އެކަން އިންޑިއާ އިން ނުކޮށް އިންޑިއާގެ ސަގާފަތުގައި ހުންނަ ގެރިވަޅަށް ވެއްޓުމުން ވަޅުން ގެރި ނުނަގާ ޝަރީއަތް ކޮށްގެން ގެރިވަޅުން ނަގަން އަންނައިރު ގެރި އޮތީ ވަޅުގައި މަރުވެފައި މީއޭ އިންޑިއާ ކުރަން އުޅޭ ކަމަކީ…

  4. މޯދީގަޔާ

    ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ބާލަން މާރޗް މަސް އައުމުގެ ކުރިން މިކަމަށް އުޒުރު ދައްކަން ނަހަދާށޭ އިންޑިއާ އަދި އެމެރިކާއިން ވަޒީރުންނަށް ކަޓް ދިން ނަމަވެސް ރައީސް މީހާ އަށް ރިޝްވަތު ނުދެވޭނެ ކަން އިންޑިއާ އަށް އިނގޭނެއޭ އަދި ޕާކިސްތާނަށް ހެދި ގޮތަށް މިގައުމުގެ މަޖްލީހުން ކުޅަދާނަ އެއް ނޫނޭ ޕީޕީއެން ޕީއެންސީ އަދި ޕީއެންއެފް އޮތްވާ އެފަދަ ބައްދަލުވުމެއް ވެސް މަޖްލީހުގައި ބާއްވަން އިންޑިއާ ޖެހޭނީ ހަނދާން ނައްތާލަން އެކަން މީ ދިވެހިންނޭ މޯދީ ގަޔާ ގަޔާ ގަޔާ މޯދީ އޯއް މެއިތޯ ރުޓް ޕުޓް ރުޓް ޕުޓް ރުޓް ރުޓް ފުޓް އޯއް މޯދީ ތޫއް ގަޔާ އޯއް މޯދީ ތޫއް ގަޔާ އޯއް މޯދީ ތޫއް ގަޔާ އޯއް މޯދީ ތޫއް ގަޔާ ޑާންަސް ޑާންސް ޑާންސް ޑާންސް ޑާންސް…

  5. ލުޓްޕުޓްގަޔާ

    އިންޑިއާ ސިފައިން ޖެހޭނީ ބާލަން އިންޑިއާ ނޫން ހަނދުގައި ބައްދަލުވުން ބޭއްވިނަމަވެސް މޯދީ ހަނދާން ކުރަން ޖެހޭނެއޭ މިރާއްޖޭގައި ފަހުގެ ޖީޅުގެ ގައިގައި ވަތަނީ ގޮތް ނެތް ނަމަވެސް މިހާރު އޮތް ސަރުކާރަކީ ވަތަނީ ސަރުކާރެއް ކަމުން އިންޑިއާ އިން ގެންގުޅޭ އައިޑިއޮލިޖިކް ގޮތް ތައް މިވެރިކަމުގައި ރާއްޖެ އަށް އެޕްލައި ނުކުރެވޭނެއޭ ޕީއެޗްޑީ ހޯލްޑަރުންނަށް ވަނީ އެހެންވީމައޭ އޯއް މޯދީ ތޫއް ލުޓް ޕުޓް ގަޔާ އޯއް މޯދީ ތުއް ލުޓްޕުޓް ގަޔާ ލުޓްޕުޓް ގަޔާ ލުޓްޕުޓް ގަޔާ ލުޓްޕުޓް ގަޔާ ލުޓްޕުޓް ގަޔާ ލުޓްޕުޓް ގަޔާ ޑާންސް ޑާންސް ޑާންސް ޑާންސް….

  6. މޯދީގަޔާ

    އިންޑިއާ ސިފައިން ބޭރުކުރޭ ހެލިކޮޕްޓަރު ގަނޑު ކަނޑުފައްތާ ޑޯނިއަރ ވެސް ކަނޑުފައްތާލާށޭ އެމެން އެތަކެތި ނުގެންދާނަމަ ކަނޑުފައްތާލާ ޗައިނާ އިން ގެންނަންވީއޭ ފެންވަރުގެ ހެލިކޮޕްޓަރު 100 އެތި އެއިރުން އިންޑިއާ އަށް ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައިދޯ އޯއް އިންޑިއާ ތަމެންގެ ސިފައިން ލަސްނުކޮށް މިގައުމުން ބާލާށޭ އުތުރު ތިލަފުށިން ފައިބާންވީއޭ ފައިބާ ފައިބާ އޯއް އިންޑިއާ ސިފައިން ތޫ ތޯގަޔާ އޯއް ތޫތޯ ޕުޓްޕުޓް ގަޔާ ޕުޓްޕުޓް ގަޔާ ޕުޓްޕުޓް ގަޔާ…

  7. ދިސްވޭ

    އިންޑިއާގެ އައިޑިއޮލޮޖިސްޓިކް އަކީ އެއީ ދިވެހިންނަށް ޗަލާނެ ކަމެއް ނޫނޭ އަދި އެމެރިކަން އައިޑިއޮލޮޖީސް ވެސް ނުޗަލާނެއޭ މިހާރުގެ އަންހެން ކުދިން އެމެންނަކީ އެއީ މާމޮޅަށް ކިޔަަވައިގެން ތިބި މީހުން ކަމަށް ދައްކަން ވެގެން ދިވެހި ބަހާއި އިނގިރޭސި ބަސް އެއްކޮށްގެން ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކަނީ މަމެން ބެލި ބެލުމުން ހަގީގީ ފެންވަރު ނުހުންނަ މީހުންނޭ އިންޑިއާ ހީކުރީ އެބަގަ އެގޮތަށް އުޅޭތީވެ ރާއްޖެ އަށް އިންޑިއާގެ އައިޑިއޮލޮޖީ އެޕްލައިކުރެވޭނެ ކަމަށްތޭ އެކަން ނުވާނެއޭ އިންޑިއާ އަށް ވެސް އަދި އެމެރިކާ އަށް ވެސް މުއިއްޒުގެ ވެރިކަން ނިމޭއިރު ސަރުކާރުގެ ޓީވީން ވެސް ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކާ ބަގަތަކަށް ފުރުސަތު ނުދެވޭނެއޭ..

  8. ކުރާށޭ

    ރާއްޖޭގެ އިގްތިސާދު ބުނެދޭ ހަގީގަތަކީ އެއީ މާލެ ސަރަހައްދުގައި ކުރާ ކޮންމެ އިންވެސްޓްމެންޓަކީ ވެސް އެއީ ވަރަށް ކާމިޔާބު އެއްޗެއްކަމަށޭ ކަން މިހެން ހުރުމުން ގާފަރު ފަޅު ޗައިނާގެ ސިލްކްރޫޓްގެ ދަށުން ހިއްކާ އެތަނުގައި އެބަޖެހޭ މަލްޓިޑިސިޕްލިނަރީ އިގްތިސާދީ ހަރަކާތް ތައް ހިމެނޭ ގޮތަށް އެތަން ޗައިނާގެ %100 އެހީގައި ތަރައްގީ ކުރަން އެއިރުން ރިނަވަބްލް އެނަރޖީވެސް ހުންނާނެ އެތަނުގައި މިކަން ކުރަން ސަރުކާރުން ލަސްކުރަން ޖެހޭނެ ސަބަބެއް ނެތޭ މިކަން ކުރާށޭ..

  9. ބަލަ ކަލޭމެން ހިންގާ ފިނިހަކަ ދުވެލީގެ ލޯ ކޮލޮޓީ ޕުރަޖެކްޓު މަމަމެން ދިވެހިން ބޭނުމެއްނުވޭ، އެއީ 21 ވަނަ ޤަރުނުގެ މަސްނޫއީ ސިކުޑި ޤަބޫލުކުރާ ކަމެއްނޫން !

  10. ކަލޭމެން ގެރީގެ ގޮރު ބޮއިގެން ފިނިހަކަ ދުވެލީގައި ހިންގާ ލޯ ކޮލިޓީ ޕުރަޖެކްޓް މަމަމެން ޕިންކީން ޤަބޫލެއްނުކުރޭ، އިންޑިޔާ އައުޓު !