ޚަބަރު

ރައީސްގެ ޚާއްސަ މެސެޖަކާއެކު, މާލޭ ބިންވެރިންގެ ސައްލާ މިރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

މިއީ ހަތަރު ޖަމިއްޔާއެއް ގުޅިގެން ބާއްވާ ސައްލާއެކެވެ. އެއީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މަލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީއެވެ.

މި ސައްލާ ބޭއްވުމުގެ ކުރިން އެ ޖަމިއްޔާތައް ރިޕްރެސެންޓް ކުރައްވާ އިސް ފަރާތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ވަނީ ބައްދަލު ކުރައްވާފައެވެ. ޖަމިއްޔާތަކުގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވީ ސުނާދު ލަތީފެވެ.

މި ސައްލާގެ ދައުވަތުގައި ބުނެފައިވަނީ, މިރޭ ބާއްވާ ސައްލާއަށް މާލޭގެ ހުރިހާ ބިންވެރިންނަށް ދައުވަތު އަރުވާ ކަމަށާއި, މި ސައްލާގައި ރައީސް މުޢިއްޒުގެ ޚާއްސަ މެސެޖެއް އިއްވާނެ ކަމަށެވެ.

މި ސައްލާ އޮންނާނީ ސަލްޓަން ޕާކްގައެވެ. ގަޑިއަކީ 8:00އެވެ.

ކުރީ ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަޅުފަޅުން ގޯތި ދޭން ނިންމި ނަމަވެސް, ގޯތި ލިބުނު ސަރަހައްދު އޮތީ ނުހިއްކައެވެ. ސަރުކާރުން ބުނީ ގުޅީފަޅާއި ގިރާފަޅުން އިތުރަށް ހިއްކަން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ގޯތި ލިބުނު އެއްވެސް މީހެއްގެ އަތުން ގޯތި ނާތުލާނެ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަ ކުރުމަށް އިތުރު ބޮޑު ޕްރޮޖެކްޓެއް ފަށާފައެވެ. އެގޮތުން ފުށިދިއްގަރު ފަޅު ހިއްކާ, ހުޅުމާލޭގެ ތިން ގުނަ ސަރަހައްދެއް ތަރައްްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

Ads by Ooredoo
  1. މާލެ ތަރައްޤީ ނުވީ ރައީސު އަމީނު ދީދީގެ ޖުމުހޫރީ ތަރައްޤީގެ ތެރެއިން ހިންގި މަގު ހެދުމުގެ މަޝްޜޫއަށް މާލެއިން އެއްބާރު ލުން ނުލިބުމުން، މާލޭގެ ކޮޅުބެދިފައިވާ މަގުތަށް ހުޅުވާލާ ދެއުދަރެސް ފެންނަ ގޮތަށް ތެދަށް ސީދަލަށް މަގުހެދިފައި ހުރިނަމަ ދުއްވާއެއްޗެހި ދުއްވަން ފަސޭހަވެ ޓުރެފިކް މެނޭޖް ކުރަން ފަސޭހަވާނެ، މިއަދު ވަރަށް ގިނަ ރައްރަށުގައި އަމީން ދީދީ ގެ މަޝްރޫއު ކާމިޔާބުވެ މަގުތަށް ފަސޭހަ! ﷲ އަމީނަށް ހެޔުރަހުމަތް ލައްވައި ސުވަރުގެ ދެއްވާށި !