ޚަބަރު

ކޮވިޑް19: ސުޕެއިނުން ރާއްޖެ އައި ދިވެއްސެއް ފަރުކޮޅު ފުއްޓަށް ގެންގޮސް ޓެސްޓް ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ސުޕެއިނުން ރާއްޖެ އައި ދިވެއްސެއް، ކޮވިޑް19 އަށް ޝައްކު ކުރެވޭފަދަ އަލާމާތްތައް ހުރުމާއެކު އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މުޅި ދުނިޔެއަށް ވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ރާއްޖެއިން ވެސް ފެނި އެބައްޔަށް ފައްސި ވީ މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުންނާއި ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުންނާއި ކުރަމަތި މޯލްޑިވްސްއިން 2 މީހުންނާއި ސަފާރީއަކުން 2 މީހުން އަދި އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!