ޚަބަރު

ވަޒީރު ސައީދުގެ ސުވާލެއް: ކުރީގެ. ވެރިން ސަރުކާރުގެ ފުރަތަމަ ދެ މަސް ދުވަހު އާއްމުދަނީ އިތުުރު ކުރަން ކުރި ކަމަކީ ކޮބާ?

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރު ސައީދު/ ފޮޓޯ: ދެން

ކުރީގެ ވެރިން ވެރިކަމާއި ހަވާލުވެ ފުރަތަމަ ދެމަސް ދުވަހު އާމްދަނީ އިތުރު ކުރެއްވީ ކޮން މަސައްކަތެއްތޯ އިކޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަށްސަވައިފިއެވެ.

Ads by MWSC

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ސުވާލެއް ކުރިމަތިކޮށްފައި މިވަނީ ކުރިން ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ދައުލަތުގެ ޙަރަދު ބޮޑުވަމުން ދިއުމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ. އެގޮތުން އެމަނިކުފާނު ވަނީ، ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެފައިވާއިރު، އާމްދަނީ އިތުރު ކުރުމަށް މަސައްކަތްތަކެއް ނުކޮށް ޚަރަދު ބޮޑުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިގޮތަށް ދެމެެހެއްޓޭނެތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، މީގެ ކުރިން ހަވާލުވިވެރީން އެބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ ދެމަސް ދުވަހު ފުރަތަމަ ދެމަސް ދުވަހު އާމްދަނީ އިތުރު ކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބާތޯ އައްސަވާފައެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރުން ޤާނޫނު ތަޅުއަޅުވައި، ދައުލަތުގެ ހަރުމުދާ ވިއްކުމާއި، ފައިސާ ޗާޕުކޮށް މާލީ ޒިންމާއަށް ރެކުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސައީދު ރައީސް ޔަމީންގެ ވާހަކަތަކަށް ރައްދުދެއްވާފައިވާއިރު، މިނިސްޓަރ ސައީދު ވަނީ ރައީސް ޔަމީންގެ ރިޔާސީ ދައުރުގައިވެސް އިޤްތިޞާދީ ވަޒީރުކަން ކުރައްވާފައެވެ.

Ads by Allied Insurance
  1. ބުޅާބެ

    ސައީދުމެންމިހާރުލަދުކޮބާތަ ސުވާލަކީ