ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ބިއޯންޑް އެއަރލައިންގައި ރާއްޖެއަށް
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރީގޯ ރާއްޖޭގެ ލަގްޒަރީ އެއަރލައިން ބިއޯންޑުގެ ފްލައިޓެއްގައި ރާއްޖެއަށް އައުމަށް ފުރައިފިއެވެ.
56.2 މިލިއަން ފޮލޮވާސް ހިމެނޭ ޖޯޖީނާގެ އިންސްޓަގްރާމު އެކައުންޓުގައި އޭނާވަނީ ބިއޯންޑުގެ ފްލައިޓެއްގައި ނަގާފައިވާ ފޮޓޯތަކެއް އޭނޭގެ ސްޓޯރީއަށް ހިއްސާކޮށްފައެވެ.
ޖޯޖީނާގެ އިންސްޓަގްރާމު ސްޓޯރީއަށް ޕޯސްޓުކޮށްފައިވާ ފޮޓޯތައް ބިއޯންޑުން ވަނީ ކެޕްޝަންގައި "އެންޖޯއި މޯލްޑިވްސް" ލިޔެ ޝެއާކޮށްފައެވެ.
ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތަޢާރަފްކުރާ ބިއޯންޑަކީ ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްސަ އެއަރލައިންއެވެ.
އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ލިބޭ ބިއޯންޑުގެ މި ފްލައިޓުގައި ހުންނަނީ ބިޒްނަސް ކްލާސްގެ 44 ގޮނޑިއެވެ.
ޔޫއޭއީގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އަރަބެސްކް އާއި ގުޅިގެން މިއެއަރލައިން އުފައްދާފައިވާއިރު އެކުންފުންޏަކީ ލުފްތަންސާ އަދި ޤަތަރު ފަދަ އެއަރލައިންތަކުގައި އޭވިއޭޝަން އިންޑަސްޓްރީގެ އިސް މަޤާމުތަކުގައި މަސައްކަތް ކޮށްފައިވާ ގިނަ ބޭފުޅުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.
ޒިނޭ ކުރާ އަންހެނާ 100 ވިޔުސް އޯކޭ …ހަލާލު ދޭއްވީމަ ކަޑަ