ދައުރުން ބޭރުން ބާއްވާ ޖަލްސާ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފި

އްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.
މިއީ އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އެދުމުން ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގެ އެޖެންޑާގައި ކެބިނެޓަށް ރުހުންދިނުމުގެ މަސައްކަތުގެ އިތުރުން އިންތިހާބާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީ އިން މިއަދު ހުށަހެޅި އިސްލާހު ހިމެއެވެ.
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވަން ނިންމައި އެކަން މިއަދު ވަނީ އިއުލާން ކުރައްވާފައެވެ.
މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުއެވެ. ޗުއްޓީއަށް ދިޔައީ އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ގޮތެއް ނުނިންމައެވެ.