ޚަބަރު

މުސާރައާ ގުޅުވާ ފަތުރަނީ ދޮގު ވާހަކަތަކެއް: ފަޒުލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ އެމްޑީއަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަނީ ދޮގު ވާހަތަކެއް ކަމުގައި އޭނާ ވިދާޅުވެެއްޖެއެވެ.

Ads by Sosun Fihaara

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފަޒުލްހެ މަހު މުސާރަ އަކީ 186،000ރ. އެވެ. އެއީ ރައީސުލްޖުމްރިއްޔާގެ މުސާރަ އަށް ވުރެ ވެސް ބޮޑު މުސާރައެކެވެ.

ފަޒުލް އެޗްޑީސީގެ އެމްޑީކަމަށް އައްޔަން ކޮށްފައިވަނީ ވަޒީރުން ފެންވަރުގައެވެ.

މުސާރައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށް ފަޒުލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އޭނަގެ މުސާރައާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމުގެ ބަދަލުގައި ޕްރައިވެޓައިޒޭޝަން ބޯޑު ޕީސީބީ) އިން މައުލޫމާތު ސާފުކުރި ނަމަ ރަނގަޅުވީސް ކަމަށެވެ.

އެޗްޑީސީގެ މަސައްކަތް ހަރުދަނާ ކުރުމަށް އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސަައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާނެ.

ފަޒުލްގެ އެކްސް ޕޯސްޓުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެޗްޑީސީގެ އެމްޑީއަކަށް ފަޒުލް އައްޔަން އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ފެލިދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!