އެންމެ ހަލުވި ދުވެލީގައި ކުރިިއަރަމުންދާ އިޤްތިޞާދުގެ ތެރޭގައި އިންޑިއާ
އެއްއިރެއްގައި އެއީ މާބޮޑު ބާރެއް ނޫނެވެ. އިނގިރޭސިންގެ އެ ޤައުމުން 1947 ފައިބައިގެން ދިޔައިރު އެއި ފަޤީރު ޤައުމެކެވެ. ނަަމަވެސް މިއަދުގެ ހާލަތު ވަރަށް ތަފާތެވެ. އެއީ ދުނިޔޭގައި އެންމެ ހަލުވި ކަމާއެކު ކުރި އަރަމުން އަންނަ ޤައުމެވެ.
3.75 ޓްރިލިއަން ޑޮލަރުގެ ބޮޑު އިޤްތިޞާދެކެވެ.
ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް އިންޑިއާ އިން އަންނަނީ ކުރިއެރުން ދައްކަމުން ކަމަށް ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ އިންޑިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް (އައިޑީޔޫ) އިން ވެސް ވަނީ ބުނެފިއެވެ.
އެތެރޭގެ ގޮންޖެހުންތަކާއި ބޭރުގެ ގޮންޖެހުންތަކާއެކު ވެސް އިންޑިއާ ވަނީ 2022/23 ވަނަ އަހަރު އެ ޤައުމުގެ އިޤްތިޞާދު 7.2 އިންސައްތަ ކުރިޔަށް ޖައްސާލާފައެވެ.
އައިޑީޔޫއިން ބުނި ގޮތުގައި ޖީ-20 ގައުމުތަކުގެ ތެރެއިން އިންޑިއާއަކީ ދެވަނައަށް އެންމެ ހަލުވިކަމާއެކު ކުރިއެރަމުން އަންނަ އިޤްތިސާދެވެ. އަދި މިއީ ކުރިއަރަމުން އަންނަ މާކެޓް އިގްތިސާދުތަކުގެ އެވްރެޖްގެ ގާތްގަނޑަކަށް ދެ ގުނަކަމުގައި ބުނެފައިވެއެވެ.
"މި ރެޒިލިއަންސް އަކީ އެތެރޭގެ ޑިމާންޑް ވަރުގަދަވުމާއި ޕަބްލިކް އިންފްރާސްޓްރަކްޗާގެ ވަރުގަދަ އިންވެސްޓްމަންޓާއި މާލީ ދާއިރާ ހަރުދަނާކަން. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް ކްރެޑިޓް ކުރިއެރުން 15.8 ޕަސެންޓަށް އިތުރުވެފައިވާއިރު، 2022/23 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް ކްރެޑިޓް ކުރިއެރުން ވަނީ 13.3 ޕަސެންޓަށް އިތުރުވެފައި،" އައިޑީޔޫ އިން ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެރުނު އައިޑީޔޫ އަކީ އިންޑިއާގެ އިގްތިސާދާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ބައި-އެނުއަލް ރިޕޯޓެވެ.
ދުނިޔޭގެ އިންޓަރެސްޓް ރޭޓް މަތިވުމާއި، ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމާއި، ދުނިޔޭގެ ޑިމާންޑް ދަށްވުމުގެ ސަބަބުން ދުނިޔޭގެ ގޮންޖެހުންތައް އަދިވެސް އިންޑިއާއަށް "ދެމިއޮންނާނެ" ކަމަށް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، މިކަންކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ދުވެލިވެސް މެދުރާސްތާގައި މަޑުޖެހިދާނެއެވެ.
މިގޮތުން ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި 2023/24 ވަނަ އަހަރު އިންޑިއާގެ ޖީޑީޕީ ކުރިއެރުން ހުންނާނީ 6.3 އިންސައްތައިގައެވެ. މިގޮތައް ލަފާކުރެވޭ މައިގަނޑު ސަބަބަކީ ބޭރުގެ ހާލަތްތަކަށް ގޮންޖެހުންތަކާއި ޕެންޓްއަޕް ޑިމާންޑް ދަށްވުމެވެ. ނަމަވެސް 7.4 އިންސައްތައިގެ ކުރިއެރުމަކާއެކު ސަރވިސް ސެކްޓަރގެ ޙަރަކާތްތައް ހަރުދަނާވާނެ ކަމަށް ލަފާކުރެވޭއިރު، އިންވެސްޓްމަންޓް ކުރިއެރުންވެސް 8.9 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވެއެވެ.
ވޯލްޑް ބޭންކުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު އޮގަސްޓޭ ޓާނޯ ކޫއާމޭ ވިދާޅުވީ “ދުނިޔޭގެ މާހައު ރަނގަޅުނޫންނަމަ ގޮންޖެހުންތައް ކެނޑިނޭޅި ކުރިމަތިވާނެ ކަމަށެވެ. "ޕްރައިވެޓް އިންވެސްޓްމަންޓްތަކަށް މީހުން ޝައުޤުވެރިވާ ގޮތަށް ދައުލަތުގެ ޚަރަދުތައް ޓެޕް ކުރުމުން މުސްތަގުބަލުގައި ބައިނަލްއަގްވާމީ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިންޑިއާއަށް ރަނގަޅު ފުރުސަތުތަކެއް އުފެދި، އިތުރު ކުރިއެރުމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވެފައިވެއެވެ.
ހެޑްލައިން އިންފްލޭޝަން އިތުރުވުން
ވޯލްޑް ބޭންކުގެ އަޕްޑޭޓްގައިވާ ގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި މަސްތަކުގައި އިންފްލޭޝަން މައްޗަށް ގޮސްފައިވެއެވެ. ޖުލައި މަހު ހެޑްލައިން އިންފްލޭޝަން 7.8 އިންސައްތައަށް އުފުލިގެން ދިޔައީ ކާޑުގެ ބާވަތްތައް ކަމަށްވާ ފުށާއި އާއި ހަނޑޫ ފަދަ ތަކެތީގެ އަގު އުފުލުމާ ގުޅިގެންނެވެ. ކާބޯތަކެތީގެ އަގުތައް ތިރިވެ، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާޑުގެ ބާވަތްތަކުގެ ސަޕްލައި އިތުރުވުމުން އިންފްލޭޝަން މަޑުމަޑުން ދަށަށް ދާނެ ކަމަށް ބެލެވެއެވެ.
"ހެޑްލައިން އިންފްލޭޝަން އިތުރުވުމުގެ ސަބަބުން ކާޑުގެ ބާވަތްތައް ލިބުމުގައި ހުރަސްތަކެއް ވަގުތީ ގޮތުން ކުރިމަތިވެދާނެ ކަމަށް ބެލެވޭ އިރު، ލަފާ ކުރެވެނީ މެދުމިނުގައި ހިފަހަށްޓާނެކަމުގައެވެ. ޖުމްލަ ގޮތެއްގައި ޕްރައިވެޓް އިންވެސްޓްމަންޓަށް އެކަށީގެންވާ ހާލަތްތައް ފަހިވާނެ،" ވޯލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް އަދި ރިޕޯޓުގެ ލީޑް ލިޔުންތެރިޔާ ދަރޫވް ޝަރުމާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ވެލިއު ޗެއިން ރީބެލެންސް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އިންޑިއާގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ވޮލިއުމް ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ފިސްކަލް ކޮންސޮލިޑޭޝަން 23/24 ވަނަ އަހަރު ވެސް ދެމިއޮންނާނެއެވެ. އަދި މަރުކަޒީ ސަރުކާރުގެ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ 6.4 އިންސައްތައިން 5.9 އިންސައްތައަށް ދަށަށް ދާނެއެވެ. ދައުލަތުގެ ދަރަނި ޖީޑީޕީގެ 83 އިންސައްތައަށް ހަމައަކަށް އެޅޭނެ ކަމަށް ލަފާކުރެވެއެވެ. ބޭރުގެ ރޮނގުން ބަލާއިރު، ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ 1.4 އިންސައްތައަށް ކުޑަވާނެ ކަމަށްވެސް ލަފާކުރެވެއެވެ. ހަމައެހެންމެ، ބޭރުގެ އިންވެސްޓްމަންޓް ފްލޯތަކުން އެކަށީގެންވާ މިންވަރަށް ފައިނޭންސްކުރެވި، ބޭރުގެ ބޮޑެތި ރިޒާވްތަކުން އެހީތެރިކަން ލިބިގެންދާނެ ކަމަށް އައިޑީޔޫއިން ބުނެއެވެ.
އެޑިޓަރުގެ ނޯޓް: މިއީ އިންޑިއާގެ ޤައުމީ ދުވަހާ ގުޅުވައިގެން ރާއްޖޭގައި ހުންނަ ދިވެހި އެންބަސީން ތައްޔާރުކޮށްފައިވާ ލިޔުމެވެ. މި ލިޔުމަކީ ވިޔަފާރި އުސޫލުން ގެނެސްފައިވާ ލިޔުމެކެވެ.
އިންޑިއާ ސިފައިން ފަައިބަން ޖެހޭ ކަމަށް ރައްޔިތުންގެ %95 ވޯޓް އިން އެކަމަށް ރުހުންދީފައިވާ އިރު އެކަން މަތިކޮށްފައިވާ ހާކިމާ އެކަން ކުރުމުގައި ލަސްކުރަނީ އެއީ ކިއެއްވެގެން ކަން މަމެންނަށް ނޭގެއޭ ކިއެއްވެތޭ މުއިއްޒުގެ ގަރާރަކުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ޖެހޭނެ ކަމަށް މުއިއްޒު އަށް ނުނެރެވިގެން އުޅެނީ އަދި އިންޑިއާ އައުޓް ގަރާރު ވެސް ބާތިލް ކުރަން ނުކެރިގެން އުޅެނީ ކިއެއްވެތޭ މިހާރު ބަންގާޅުގައި ވެސް އިންޑިއާ އައުޓް ކެމްޕެއިން ފެށިގެންނޭ އުޅެނީ ކިއެއްވެތޭ އިންޑިއާ ސިފައިންނަށް ސަރުކާރުގެ ބަޖެޓުން ކޮންމެ މަހަކު 25 މިލިއަން ޑޮލަރު ޚަރަދުކުރަނީ ކިއެއްވެތޭ އެކަން ކުރަނީ…