ޚަބަރު ސަރުކާރު

އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ރަށްރަށުގައި ޤާއިމުވެތިބެ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

Ads by Hajj Corporation

ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައި ވަނީ ބ. މާޅޮހާއި، ކިހާދޫ އަދި ނ. ޅޮހީގެ އިތުރުން ހެނބަދޫގައެވެ.

ބ. މާޅޮހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި މާޅޮހު ކައުންސިލު ރައީސް ޢަބްދުﷲ ޝުޖާއުއެވެ.

ކިހާދޫ ޕޮލިސް ޕޯސްޓު މިއަދު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކިހާދޫ ކައުންސިލު ރައީސް ހުސައިން ޝާފިއުއެވެ.

ނ. ޅޮހީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ޅޮހީ ކައުންސިލު ރައީސް އިބްރާހީމް މުޙައްމަދުއެވެ.

ހެނބަދޫ ޕޮލިސް ޕޯސްޓު މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ހެނބަދޫ ކައުންސިލު ރައީސް ހުސައިން އަބޫބަކުރުއެވެ.

ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައި ވެއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!