ބޯޓު މާލެއަށް ލެފުމާއެކު ފުލުހުންނާއި މިނިސްޓްރީގެ ޓީމަކުން އައިސް އެކަން ކުރި މީހާ ހައްޔަރުކޮށްފައިވާއިރު މިނިސްޓްރީން ވަނީ ކުޑަކުދިންނާ ބެހުނު މައްސަލަ ބަލަން ފަށާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
ކަނޑު ބޯޓެއްގައި ކުޑަ ދެކުދިންނާ ބެހުނު މައްސަލައެއް ބަލަނީ
މާލެ ދަތުރުކުރަމުން ދިޔަ ބޯޓެއްގައި ތިބި 18 އަހަރުގެ ދަށުގެ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ޖެންޑާ މިނިސްޓްރީން މައްސަލަ ބަލަން ފަށައިފިއެވެ.
މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މީނާ މިއަމަލު ހިންގީ އެކުދިން ނިދާފައި ތިއްބާ ކަމަށާއި، ބޮޑު ކުއްޖާއަށް ހޭލެވިގެން މަންމަ ކައިރީ ބުނުމުން ޖެންޑާއަށް ރިޕޯޓުކުރީ މަންމަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ދެ އަންހެން ކުދިންނަށް ގޯނާ ކުރީ ބޯޓު ފަޅުވެރިޔެކެވެ. އޭނާގެ ޝިކާރައަށް ވެގެން ގޮސްފައިވަނީ އުމުރުން 13 އަދި 11 އަހަރުގެ ކުޑަ ދެކުދިންނެވެ.
Ads by Allied Insurance