ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ، ޓޮބްލެރޯން މިލްކް ޗޮކްލެޓް ނުވިއްކަން އަންގައިފި

ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޓޮބްލެރޯން ޗޮކްލެޓް ރާއްޖެ އެތެރެކޮށްފައިވާތީ، އެ ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)ން އަންގައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ، ސްވިޓްޒަލެންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކް ދެ ވައްތަރެއްގެ ޗޮކްލެޓް އެތެރެވެފައި ވާކަމަށް، ޔޫރަޕްގެ ރެޕިޑް އެންޑް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯރކް މެދުވެރިކޮށް އަންގާފައި ވާކަމަށެވެ.
މައްސަލަ ދިމާވި ޓޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 1، 2024ގައެވެ. މި ޗޮކްލެޓްތައް އުފެއްދާފައިވަނީ ސެޕްޓެމްބަރު 1، 2023ގައެވެ.