ޚަބަރު

ޕެނެޑޯލް ނުކާން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ތަހްލީލުތަކެއް ނިމެންދެން, ރާއްޖޭގައި އާއްމުކޮށް ބޭނުން ކުރަމުން އަންނަ ޕެނެޑޯލް, ކުކާން އެ އިދާރާއިން އަންގައިފިއެވެ.

Ads by MWSC

މިއަދު އެމްއެފްޑީއޭ އިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ފެންވަރު ބެލުމަށްޓަކައި ކުރި ދިރާސާއެއްގައި ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ, ބޭސް. ގުޅައިގެ ވަށައިގެން ބައެއް ތަންތަނުން ނެއްޓިފައިވާކަމަށެވެ. މިގޮތަށް ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ރައްކާތެރި ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުން ކަންތައް ނުކުރުމުން ކަމަށް އެ ދިރާދާއިން ބުނެއެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީން އަންގަންދެން, ފާމަސީތަކުންނާއި, އާއްމު ފިހާރަތަކުން މި ބޭސް ނުވިއްކަން އަންގާ ކަމަށެވެ. އަދި އެ އިދާރާއިން ކުރިޔަށް ގެންދާ ތަހްލީލެއް ނިމެންދެން އެ ބޭހަކީ ރާއްޖޭގައި "ރެސްޓްރިކްޓެޑް" ބޭހެއް ކަމަށް ވަނީ ނިންމާފައެވެ.

Ads by Allied Insurance
  1. ލިޔާމީހާ

    ސާބަސް. ވާނެ ހަތަރު އެއްޗެއް ވެ ނިމުނީމާ ދެން ކޮން މުންޖެކޭ ފޯކެކޭ ތިކިޔަނީ މި މީހުނާ ހެދި ބޯހަލާކުވެއްޖެ!