ވިޔަފާރި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫން ޕްރޮމޯޝަނެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫން ބުނީ ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ރެހެންދި ޓާރފު، ހުޅުމާލޭގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް ނަގައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްދާ ކަމަށެވެ.

އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަރނެޓް ޙިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ހިމެނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށް ކަމަށް އުރީދޫން ބުނެ އެވެ. ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!