ޚަބަރު

މީރު އައިލެންޑުން ކޮވިޑް-19 އަށް ޓެސްޓުކުރި 12 މީހުން ވެސް ނައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މީރު އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި 12 މީހުންގެ ވެސް ނަތީޖާ ނައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލަންޑް ރިސޯޓުން ނެގި 12 ޓެސްޓުގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށް މިހާރު މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައި އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!