ޚަބަރު

އިތުރު މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލަ ރިޕޯޓު ކޮށްފައިވޭ: އެމްއެންޑީއެފް

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގެ އިތުރު މަސްދޯންޏަކަށް އެރި މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

Ads by MWSC

މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ބުނީ މި މަހުގެ އެއްވަނަ ދުވަހުގެރޭ މާހޯރަ3 ނަމަކަށް ކިޔާ މަސްދޯނި ދަތުރު ކުރަމުން ދަނިކޮށް އިންޑިއާ ސިފައިން އެ ދޯންޏަށް އަރާފައިވާ ކަމަށެވެ.

އެގޮތުން މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏައް އަރާ މަސްވެރިންނަށް  ބިރު ދައްކާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި މައްސަލަ ވަނީ ދޯނީގެ ވެރިފަރާތުން ރިޕޯޓްކޮށްފައި ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ3 ނަމަކަށް ކިޔާ މަސްދޯންޏަށް އިންޑިއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އަރާފައިވާ އިރު، އެ ދޯނީގައި ހަތިޔާރާއެކު ބޭރުގެ ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ވައިރަލްވެފައެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސެކިއުރިޓީ ވަރުގަދަކޮށް އުތުރުން ރާއްޖޭގެ ބޯޑަރު ސަރަހައްދުގައި ސިފައިން ވަނީ އިއްޔެ އިން ފެށިގެް ޕެޓްރޯލް ކުރަން ފަށާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!