ޚަބަރު

މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް 1257 މީހުން ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

އީސީގެ ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 1060 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. 197 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

‏ހަބީބް ވިދާޅުވީ 2019 ވަނައަހަރު ބޭއްވި ރައްޔިތުން ގެ މަޖިލީހުގެ އިންތިޚާބުގައި ރީރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުން. ކަމަށެވެ. އަދި ރީރަޖިސްޓަރީ ކުރަައްވަން ހުށަހެޅުއްވުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޔަގީން ކުރެއްވުމަށް ހަބީބް ވަނީ އިލްތިމާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 14 ގެ 14:00 އަށެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން މެންދުރު 02:00 ޖެހުމާ ހަމައަށެވެ. ހުކުރު ދުވަހު މެންދުރުފަހު 02:00 އިން ހަވީރު 04:00 ޖެހުމާ ހަމައަށް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށް އީސީން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!