ޚަބަރު

އެމްޕީއެލުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

Ads by Hajj Corporation

މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ އިއްޔެ މާލޭގެ ނޯތު ހާބަރު ސަރަހައްދުގައެވެ.

އެމްޕީއެލުން ވިދާޅުވީ ލޭ ހަދިޔާކުރުމުގެ އެ ހަރަކާތަކީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ.

އަދި މި ހަރަކާތުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށް ވެސް އެމްޕީއެލުން ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން އެމްީޕއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!