ޚަބަރު

ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޕާކު ކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

Ads by MWSC

ފުލުހުންގެ ވެބްސައިޓުގައި ވީޑިއޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، މ. މާޔާގެ ކުރިމަތީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.

އޭނާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެން ކަމުން އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!