ދުނިޔެ

ޕާކިސްތާނުގެ ޓެކްޓައިލް އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އިޤްތިޞާދުގެ މުހިންމު ތަނބެއްގެ ގޮތުގައި އޮތް ޓެކްސްޓައިލް ދާއިރާއަށް 2023 ވަނަ އަހަރުވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއަހަރު ކަރާ އުފައްދާ މިންވަރު ދަށްވުމުގެ ސަބަބުން މުސްތަޤްބަލުވެސް އުއްމީދީ ކަމަކަށް ނުފެނެއެވެ.

Ads by WAMCO

ހީވެސް ނުކުރާ ފަދަ އިންފްލޭޝަނާއި ކަރަންޓުގެ ދަތިކަމާއި ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުންތަކުގެ ސަބަބުން ހީނަރުކަން ވަނީ ކުރިމަތިވެފަ އެވެ. ޓެކްސްޓައިލް ދާއިރާއަކީ ރަށްފުށުގެ ގޭބިސީތަކަށް މުހިންމު އާމްދަނީއެއް ފޯރުކޮށްދޭ އަދި އެކްސްޕޯޓް ލިބޭ އާމްދަނީގެ 60 އިންސައްތަ ހިއްސާކުރާ ސިނާއަތަކަށްވާތީ، މިކަމުގެ ސަބަބުން ދިރިއުޅުމުގެ ދަތިކަން އިތުރުވެ، މުޅި ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެ އެވެ.

2022 ވަނަ އަހަރުގެ ފެންބޮޑުވުމުގެ ސަބަބުން މިއަހަރުވެސް ކަރާގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވެއެވެ. ކޮޓަން ލިންޓަށް އެތެރޭގެ ޑިމާންޑް ގާތްގަނޑަކަށް 15 މިލިއަން ބޭލް ހުރި ނަމަވެސް އުފެއްދުންތެރިކަން 9.5 މިލިއަނަށް ވުރެ މައްޗަށް ނުދާނެ އެވެ. ކޮޓަން ގިނަރސް ފޯރަމްގެ ޗެއަރމަން އިހުސާނުލް ޙައްޤު ވިދާޅުވީ ކަރާގެ ދަތިކަމުގެ ސަބަބުން ތަކެތީގެ އަގު ގާތްގަނޑަކަށް 30 އިންސައްތަ އުފުލިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެހެން ގައުމުތަކުން ރޯ ކޮޓަން އިމްޕޯޓު ކުރުމަށް އޮތް ޑިމާންޑް ވަނީ ބޮޑުވެފަ އެވެ.

ޕާކިސްތާނުގެ ޓެކްސްޓައިލް ދާއިރާއިން 2023-34 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަސް ޕަސެންޓް ދަށަށް ގޮސްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކަރަންޓުގެ އަގު ބޮޑުވުމާއި އިގްތިސާދީ އަދި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ވެސް ރަނގަޅު ކަމަކަށް ނުފެނެ އެވެ. ޕާކިސްތާނުގެ ޓެކްސްޓައިލް ފެކްޓްރީއެއްގެ އެގްޒެކެޓިވް އަކު ވިދާޅުވި ގޮތުގައި ލޯކަލްކޮށް ހަކަތައިގެ އަގު ބޮޑުވުމާއި ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވަރުގަދަ ވާދަވެރިކަމަށް ރިއާޔަތްކޮށް ބާކީ އޮތް މަސްތަކުގައި މި ސިނާއަތް ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ބަލަން ޖެހެ އެވެ.

Ads by Ooredoo
  1. ނަންނ

    ޕިސް ޕިސް. ލިޔުނު އެއްޗެއް ދެވަނަ ފަހަރަށް ކިޔާލިބާ.