ރަށްރަށުގައި ކުރަން ހުރި ކަންކަން އިސްކަން ދޭންވީ ތަރުތީބު ކައުންސިލުން ފޮނުވައިދޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ތ. ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ދަތިކަމާއެކު ހުރިހާ ރަށެއްގެ ކައުންސިލަކުންވެސް އެ ރަށެއްގައި މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރަން ބޭނުންވެފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަނޑައެޅުން މުހިއްމު ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ކަންކަން ދާނީ ކުރިޔަށް. ތަރުތީބުކޮށްލީމަ އިރާދަ ކުރެއްވިއްޔާ މިއަހަރުގެ އެކި ހިސާބުގައި އެކި މަޝްރޫއު ފެށިގެން ދާނެ. ކުރިޔަށް މި އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލެއް ކިބައިންް އަޅުގަނޑު އެދޭނީ އެރަށެއްގެ ކައުންސިލުން ކުރިޔަށް ގެންދަން ހުރި މަސައްކަތްތައް ކަމާގުޅޭ ވުޒާރާތަކާއެކު މަސައްކަތްކޮށް ތަރުތީބު ކުރަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޝްރޫޢުތަކުގެ މަސައްކަތް އެއްފަހަރާ ނުފެށޭނެ ކަމަށާއި މާލީ އިޤްތީޞާދީ ހާލަތު އޮތްގޮތް އެންމެންނަށް ވެސް އިނގޭނެ ކަމަށެވެ. އެ ހާލަތުން އަރައިގަނެވުމުން މިއަހަރުގެ އެކި ހިސާބުގައި އެކި މަޝްރޫއެއް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މާލީ އިޤްތިޞާދީ ހާލަތު އެބައިނގޭ. އެކަން ރަނގަޅު ކުރަން މަޖުބޫރީ ހާލަތެއްގެ ތެރެއިން އަޅަން ހުރި ފިޔަވަޅުތައް އަޅަން ފަށައިގެން މި އުޅެނީ. އެ ހާލަތުން އަރައިގަނެވުނީމަ މާ ބާރަށް ކަންކަން އެބަ ގެންދެވޭ."
އެމަނިކުފާނު ވިދާޅުވީ ވަންދޫއަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަޝްރޫއު ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު އެންމެ އިސްކަންދޭ މަޝްރޫއުގެ ގޮތުގައި ސަރުކާރުން ކުރިއަށް ގެންގޮސްދޭނެ ކަމަށް ވިދާޅުވިއެވެ.
އަހަރެމެން ރަށުގަ އިސްކަން ދޭންވީ ފުނުވާފަ އޮތ ލިސްޓަށް ވަޒީފާ ހަމަޖެއްސުން އެއަށްފަހު އެހެން ކަމެއް ބޭނުންވަނީ މިފަހަރު ވަޒީފާ ކަންތަށް ހަމަ ނުޖައްސައި ފިއްޔާ މިތިބީ މިދާއިރާ ގޮނޑި ސަރުކާރަށް ނުދޭން ނިންމައިގެން މިފަހަރު ހިފާނަން ގޮނޑީގަ