ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖު ފޮނުވާތީ ސަމާލުވާން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ފޭކު މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ބީއެމްއެލްއިން ބުނެފައިވާގޮތުގައި ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ އެސްއެމްއެސްގައި ބުނެފައިވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓް ލިމިޓްވެފައިވާ ކަމަށެވެ.
އަދި މި މެސެޖުގައި އެކައުންޓް ރި-އެކްޓިވޭޓްކުރުމަށް ލިންކަށް ފިއްތުމަށް ބުނެފައިވާނެކަމަށްވެސް ބޭންކުން މައުލޫމާތުދެއެވެ.
މިފަދަ ކަމަކާ ގުޅޭގޮތުން އެއްވެސް މެސެޖެއް ބީއެމްއެލްއިން ނުފޮނުވާނެ ކަމަށާއި މިއީ ސްކޭމް ލިންކުތަކެއް ކަމުން މިފަދަ ލިންކް ތަކަށް ނުވަނުމަށް ވަނީ އިލްތިމާސްކޮށްފައިއެވެ.

މިފަދަ މައްސަލަތައް އާންމު ވަނުން އަންނާތީ ލިންކުތަކަށް ނުފިއްތުމަށް ބޭންކުތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.