ޚަބަރު

މަރުކޮމިޝަނުން ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތައް އަނބުރާ އެ ކޮމިޝަނަށް ފޮނުވާލައިފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީއު ވިދާޅުވީ އެ މައްސަލަތައް އަނބުރާ ފޮނުވާލީ އެ މައްސަލަތައް ދިރާސާ ކުރިއިރު، އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް އެ އޮފީހަށް ފެންނާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެއިން އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރުމަށް ނިންމާފައިނުވާނެ ކަމަށެވެ.

މަރު ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މަައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްސަލަ ހިމެނެއެވެ. އަދި ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ ވެސް ޕީޖީ އޮފީހަށް ފޮނުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!