ފެނަކަގެ ޗެއާމަނަކަށް ޝަހީރު ހަމަޖައްސައިފި
                                                        ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް އަހުމަދު ޝަހީރު އައްޔަންކޮށްފިއެވެ.
އެ މަގާމަށް ޝަހީރު އައްޔަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޝަހީރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 އިން 2018 އާ ހަމަޔަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް މި ސަރުކާރުން އައްޔަންކޮށްފައިވަނީ މުއާޒު މުހައްމަދު ރަޝީދެވެ.
ރާއްޖޭގެ 153 ރަށެއްގައި ކަރަންޓުގެ ހިދުމަތް ފެނަކައިން އަންނަނީ ދެމުންނެވެ.
 Ads by Allied Insurance
 
 
            
                    
            
                    
            
                    