ޚަބަރު ސަރުކާރު

މަހުގެ އަގު ދަށްކޮޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
މިނިސްޓަރު ޝިޔާމް މަސްވެރިޔަކާއި ސަލާމް ކުރައްވަނީ

މަސް ގަންނަ އަގު ސަރުކާރުން ކުޑަކޮށްފިއެވެ.

Ads by Hajj Corporation

މަސް ގަންނަ އަގު ސަރުކާރުން ކުޑަކޮށްފައި މިވަނީ މަސް ގަންނަ އަގު ބޮޑުކުރުމުން، މަސް ބަންދު ކުރުމުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މިކަން ހާމަކުރައްވާ ދައުލަތުގެ މީޑިއާގައި ވާހަަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ތިރި ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވައިގެން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ދަނީ މަސްވެރިކަމުގެ ސިނާއަތް ކަަމަށެވެ.

ފިޝަރީޒް މިިނިސްޓްރީގައި މަސައްކަތް ފެށީ ރާއްޖެއަށް އާމްދަނީ އިތުރު ކުރެވޭނެ އެންމެ މުހިންމު އެއް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތް ކަމަށް ގަބޫލުފުޅު ކުރައްވާތީއާއި އެކީގައި، މަސްވެރިކަމުގެ ސިނާއަތުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތު ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިފްކޯގެ ހަރަދުތައް ހިމަނައިގެން ކިލޯއަކަށް 11ރ ގެއްލުން ވަނީ 25ރ. އަށް މަސް ގަތުމުން ކަމަށާއި، މަހުގެ އަގު މުރާޖާ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ރައީސް މުޢިއްޒުގެ ވައުފުޅާއި އެއްގޮތަށް 20ރ. އަށް ވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ބަހައްޓަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!