Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢު ފައްޓަވައި ދެއްވީ އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް އާއި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރު އެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ 2 އޭޕްރިލް 2023 ގައެވެ.

Advertisement
Allied — Dhen Online (box)

މި މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 102,846,733.89 ރުފިޔާއަށެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި މި ވަނީ އޭގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންގެ މަސައްކަތްތައް ނިމި އަދި ބޭނުންވާ މުވައްޒަފުންވެސް ނެގުމަށްފަހުއެވެ.

މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާ އާއި އާރްޑީސީގެ އިސް ބޭފުޅުންގެ އިތުރުން އިހަވަންދޫ ކައުންސިލުގެ ރައީސް އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް