ޚަބަރު އިޖުތިމާޢީ

ސާފު ރިޕޯޓު ދަމަހާއްޓާ މީހުންނަށް ހާއްސަ ލުއިފަސޭހަ ހިދުމަތް ދޭން ޕްރޮގްރާމެއް ކުރިއަށް ގެންދާނަން: ހަމްދޫން

ފައިނާ ފާއިޒް ، ދެން އޮންލައިން
އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް އިސްމާއީލް ހަމްދޫން.. ފޮޓޯ: ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

ކަސްޓަމްގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން ސާފު ރިޕޯޓު ދަމަހައްޓާފައިވާ މީހުންނަށް ހާއްސަ ލުއިފަސޭހަ ހިދުމަތް ދޭން ޕްރޮގްރާމެއް ވަނީ ހަމަޖެހިފައި ކަމަށް ކަސްޓަމްގެ އެސިސްޓެންޓް ކޮމިޝަނާ އިސްމާއިލް ހަމްދޫން ވިދާޅުވެއްޖެއެވެ. 

Ads by Sosun Fihaara

މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމްދޫން ވިދާޅުވީ, ކަސްޓަމްސްްއިން މުދާ އިމްޕޯޓުކޮށް އެކްސްޕޯޓު ކުރާ ފަރާތްތަކުގެ ތެރެއިން އެ މަސައްކަތުގެ ސާފު ރެކޯޑުތައް ދަމަހައްޓާފައިވާ މީހުންނަށް ހާއްސަ އަދި ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަށް ވަނީ މަޝްވަރާކުރެވި އެކަން ކުރެވިގެން ދާނެ ކަމަށެވެ.

މި ހިދުމަތް ލިބިގެން ދާނީ އިމްޕޯޓު އަދި އެކްސްޕޯޓުގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ.

ހަމްދޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމްދު މުއިއްޒުގެ ވެރުކަމުގެ ފުރަތަމަ 14 ހަފްތާ ގައި ކުރައްވަން ހަމަޖެހިފައިވާ ކަންތަކުގެ ތެރެއިން މުހިއްމު ޓާގެޓު ތަކެއް މިހާރު ވަނީ ހާސިލް ވެފައި ކަމަށެވެ. 

އެގޮތުން އެއާ ކާގޯ އޮޓޯމޭޓެޑް ވެފައި ވާ ކަމަށް ހަމްދޫން ވިދާޅުވިއެވެ. 

އެގޮތުން، އޮންލައިންކޮށް މުދާ ދޫކުރުމުގެ ޑޮކިއުމެންޓްތަށް އަޕްލޯޑުކުރުމުން އޮޓޯއިން މުދާ ޗެކު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިއެވެ. 

އަދި ކަސްޓަމްސް އާއި އެމްއޭސީއެލްއާއި ދެމެދު މުދާ ނެގުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން ހޭދަވާ ވަގުތު މަދު ވެގެން ދާނެ ކަމަށްވެސް ހަމްދޫން ވިދާޅުވިއެވެެ.

އަދި އާޓިފިޝަލް އިންޓެލިޖެންސް- އޭއަިއި ބޭނުންކޮޭށްގެން ވަނީ އައިޓަމްތަެއ ގިންތިކުރަން ފަށާފައިކަމަށާއި އަދި އޭއައި ބެނުން ކޮށްގެން ޑިއުޓި ކަލްކިއުލޭޓު ކުރެވިގެން ދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން މިހާރު ޕެކޭޖާއި ގުޅޭ ތަފްސީލު ސާފުކުރަން ޓްރެކިން ނަމްބާ ޖައްސަވާލެއްވުމުން އެ ޕެކޭޖުގެ އަޕްޑެޓު ލިބިގެން ދާނެކަމަށްވެސް ހަމްދޫން ވަނީ ހާމަކޮށްފައިއެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!