ޚަބަރު

ސިނޑި ގޮޅިން ވެއްޓުނު މީހާ މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭގެ އިމާރާތެއްގެ މަތިން މިއަދު ވެއްޓުނު ބިދޭސީ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

Ads by STELCO

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ”ދެން”އަށް މަޢުލޫމާތުދެމުން ވިދާޅުވީ، އެ މީހާ މިއަދު މެންދުރު ފަހު 1:40 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލާއިންނެވެ. ވެއްޓުނީ އޭސީ މަސައްކަތް ކުރަމުންދިޔަ ބިދޭސީއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!