ދީން

ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރަންޖެހޭ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރަންޖެހޭ ކަމަށް ހުކުުރު ޚުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "شَعْبَان  މަހާއި ހެޔޮޢަމަލު ކުރުން" މިއެވެ.

ހުތުބާގައި ބުނެފައިވަނީ މައްސަރުތަކާ ރޭދުވާ ތަކުރާރުވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، شَـعْباَن މަސް ކަމަށާއި މި މަސް، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަވެގެންވާ ކަމަށެވެ. އެމަހަކީ، رَمَضَان މަހަށް މަރްޙަބާ ކިޔަމުން އަންނަ މަސް ކަަމަށާއި شَـعْباَن މަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި، ޤުރްއާން ކިޔެވުމާއި، އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތައް ކަމަށް ހުތުބާގައި ބުންޏެވެ.

އަދި ޞިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކިމީހުންގެ ޙާލަތު ތަފާތު ކަމަށާއި ހަނދާން ބަހައްޓަންވީ ކަމަކީ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުން ކަމަށް ހުތުބާގައި ބުންޏެވެ.

ެ"ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ أَخُންނާއި أُخْتُންނަށް ނަސޭހަތްތެރިވާ ކަމަށާއި ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުންނައިރު ކަމަށް ހުތުބާގައި ބުންޏެވެ.

"މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރާށެވެ! ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެކެވެ. މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައެވެ" ހުތުބާގައު ބުންޏެވެ.

ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެ ކަމަށާއި އެކަން ލިޔެވިގެންދާނީ ހެޔޮނޫން ޢަމަލުތައް ލިޔެވޭ ފަތުގައި ކަމަށް ހުތުބާގައި ބުންޏެވެ. "އެކަމަށް ކަނޑައެޅިފައިވާ ޖަޒާ މާތް الله އޭނާ އަށް ދެއްވާނެއެވެ" ހުތުބާގައި ބުންޏެވެ.

ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އަޅަމެން ސަލާމަތް ކުރައްވާނެ ކަމެއްކަން ފާހަގަކޮށް މިފަދަ މޫސުމެއްގައި މާތް ނަބިއްޔާ ދައްކަވާފައިވާ މަގުގައި ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!