ޚަބަރު

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ކުރިމަތިލައްވަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ހުސްވެފައިވާ އިދިކޮޅު އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިމަތިލައްވާ ކަމުގެ އަޑުތަކެއް ފެތުރުން ފަށައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވުމާއި ގުޅޭ ގޮތުން ރަސްމީކޮށް އިއުލާން ކުރައްވާފައި ނުވިނަމަވެސް ޝާހިދު ކުރިމަތިލައްވާކަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަނީ ''ދެން''އަށް ޔަގީންކޮށް ދެއްވާފައެވެ. އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 20 ގައި ހަމަވާނެއެވެ. ނަމަވެސް އަދި މިހާތަނަށް ޝާހިދު ފޯމް ހުށަހަޅުއްވާފައެއް ނުވެއެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު ''ދެން'' އަށް ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ ހަމައެކަނި ބޭފުޅަކީ ޝާހިދު ކަމަށެވެ. މި ނޫހުން ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އާއި މެސެޖަށް ރިޕްލައި ނުކުރައްވާތީ ޝާހިދުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ޖޫން މަހު އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. އޭގެ ފަހުން އެމްޑީޕީން ވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!