ޚަބަރު

ތިނަދޫ ކޭސް އާ ގުޅިގެން 41 މީހަކު ކަރަންޓީނަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގދ. ތިނަދޫން ކޮވިޑް-19 އަށް މީހަކު ފައްސި ވެފައި ވާތީ އޭނާއާ އެއްތާވި މީހުން ހޯދައި ބެލުމަށް ފަހު އެ ރަށުން 41 މީހަކު ކަރަންޓީން ކޮށްފިއެވެ.

Ads by STELCO

ތިނަދޫ އިން ފައްސިވެފައިވަނީ އެ ރަށު ބޯޓެއްގައި މަސައްކަތް ކުރާ 68 އަހަރުގެ ތިނަދޫ ފިރިހެނެކެވެ. އޭނާ ފައްސިވުމާ ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށް އެ ރަށް މޮނިޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ގެނެސްފަ އެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ހަވާލާދީ އޮންލައިން ނޫސް "މިހާރު" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކަރަންޓީނު ކޮށްފައި ވަނީ ފައްސިވި މީހާއާ އެއްތާވި 41 މީހެކެވެ. އެ މީހާ ދަތުރުކުރި ބޯޓު ތިނަދޫގެ އިތުރުން އެހެން ރަށްރަށަށް ގޮސްފައި ވުމާއެކު އެއްތާވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!