ޚަބަރު

ޝާހިދު، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވާކަން އިއުލާންކުރައްވައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ހުސްވެފައިވާ އިދިކޮޅު އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 20 ގައި ހަމަވާއިރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ތާއިދާ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

''އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެންއެކުވެ އަތުގުޅާލަންވެއްޖެކަން ބަލާލިކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނާށެ'' ޝާހިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު ''ދެން'' އަށް ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ ހަމައެކަނި ބޭފުޅަކީ ޝާހިދު ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ޖޫން މަހު އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. އޭގެ ފަހުން އެމްޑީޕީން ވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!