ޚަބަރު

މަޖިލިސް އިންތިހާބު: އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ސުންގަޑި މިއަދު ހަމަވާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް ވުމުގެ ސުންގަޑި މިއަދު ހަމަވާއިރު، އިތުރު ފުރުސަތެއް އެކަމަށް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިޚާބުގެ ކަންކަން ހިނގަނީ، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށްކަން ކަށަވަރުކުރުމުގައި، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާބައެއް ކަމަށެެވެ.

‏ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން މޮނިޓަރކޮށް އޮބްޒާވް ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު 2024 ޖެނުއަރީ 31 ގައި ހުޅުވައި، މިއަދަށް 20 ދުވަސް ވެފައިވާ ކަމަށާއި މިއަދު މެންދުރުފަހު 3:00 އަށް ސުންގަޑި ހަމަވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

މީޑިއާތަކުން އަދި ޕާޓީތަކުން ސުންގަޑި ހަމަވުމުގެ ކުރީން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ވަނީ ހުށަހަޅައިފައެވެ. މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!