ކުޅިވަރު

ނަސްރުގެ 95ވަނަ މެރެތަން ތުރުކިޔޭގައި!

އައިކާ ޔުނާން ، ދެން އޮންލައިން

ރާއްޖޭގެ ކާމިޔާބު އެތުލީޓް އަދި ކޯޗް ނަސްރުﷲ އަހްމަދު (ނަސްރު) ގެ 95 މެރަތަން ތުރުކިޔޭގައި ދުވަން ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

100 އިންޓަނޭޝަނަލް މެރެތަން ހަމަކޮށް ތާރީޚްގެ ތެރެއަށް ވަނުމަށް މަސައްކަތްކުރަމުންދާ ނަސްރު ތުރުކީގެ އަނަޓޯލިޔާގައި އަންނަ މަހު ތިންވަނަ ދުވަހު ބާއްވާ މެރަތަންގައި ވާދަކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ނަސްރުގެ އެންމެ ބޮޑު ޓާގެޓަކީ މި އަހަރު އޭނާގެ 100 ވަނަ މެރަތަން ފުރިހަމަ ކުރުމެވެ. އޭނާ ބުނީ 100 ވަނަ މެރަތަންގައި ދުވާނީ ޓޯކިޔޯ ނުވަތަ ލަންޑަންގެ ތެރެއިން ކޮންމެ ވެސް އެއް މެރަތަންއެއްގައި ކަމަށެވެ.

އަދި 100ވަނަ މެރަތަން ކުލަގަދަކޮށް ފާހަގަކުރުމަށް އޭނާގެ އެތުލީޓުންނާއި ސަޕޯޓަރުން ބޭނުންވާ ކަމަށާއި އެކަމުގެ ވިސްނުންތަކާއި ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ނަސްރު ބުންޏެވެ.

އޭނާއަކީ މިހާރު ވެސް މި ސަރަހައްދުގައި ހުރި އެންމެ ގިނަ މެރަތަން ފުރިހަމަކުރި އެތުލީޓެވެ. ނިމިދިޔަ އަހަރުގައި ވެސް ނަސްރު ވަނީ ދުބާއީއާއި އަނަޓޯލިއާ އަދި ނިއުދިއްލީގެ މެރަތަންތައް ފުރިހަމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!