ޚަބަރު

ޝުޖާއު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން، މިރޭ ފުލުހަށް ހާޒިރުކުރި ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ގެއަށް ފޮނުވާލައިފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ އިދާރާއިން ނިކުންނެވުމަށްފަހު "ދެން" އަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ ފުލުހަށް ހާޒިރު ކުރީ ހުކުރު ދުވަހު ބޭއްވި ސައިކަލު ބުރާާއި ގުޅޭ ގޮތުން ކަމަށާއި 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ގެއަށް ފޮނުވާލީ ކަމަށެވެ.

"ގަޑިއިރެއްހާއިރު އެތަނުގައި ބައިންދާފައި އަނެއްހެން އެއްވެސް އޮށްޓަރުހުރި ވާހަކައެއް އެބޭފުޅުން ނުދައްކަވާ. ރަނގަޅު ކަންތައްތައްކަން ކުރަނީ އެނގި ވަޑައިގަންނަވާތީ ކަންނޭނގެ، 1000 ރުފިޔާއިން ޖޫރިމަނާކޮށްފައި ފޮނުވާލީ ގެއަށް" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެބޭފުޅުން ކުރާ މަސައްކަތެއް ނުހުއްޓޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ފުލުސް އޮފީހަށް ހާޒިރު ކުރިޔަސް އެމަސައްކަތް ނުހުއްޓޭނެ ކަމަށެވެ.

"މާދަމާ އަޅުގަނޑުމެންގެ ރައީސް އަބްރުއްރަހީމް އެގެންނަވަނީ، ޝިޔާމް އެގެންނަވަނީ، ސައީދު އެގެންނަވަނީ، ގެނަޔަސް މިމަސައްކަތް ހުއްޓޭނެ ކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙު ހިސާބު ޖެހުމަކީ ނުބައި ހިސާބެއް."

"އެކަކާއި އެކެއް އެއް ކުރީމަ އަންނާނީ ދޭއް (2). އިބްރާހިމް މުޙައްމަދު ޞާލިހަށް އަންނަނީ އެކަކާއި އެެކެއް އެއްކުރީމަ މައިނަސް ސުމެއް (-0). އެ ހިސާބުގައި އެއުޅެނީ"

"އަޅުގަނޑުމެން މިއޮޕަރޭޓުވަނީ ހަމަ ވަރަށް ރަނގަޅަށް، ރޭވިގެން. އިބްރާހިމް މުޙައްމަދު ޞާލިޙު ޖަވާބުދާރީ ކުރުވުމަށް އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނަން" ޝުޖާއު ވިދާޅުވިއެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ، އިދިކޮޅުގެ ފަރާތްތަކުން ފުލުހަށް ހާޒިރު ކުރުމަކީ ބިރު ދައްކަން ކުރާ ކަމެއް ކަމަށާއި، މިއީ ޤައުމުގައި "ލާރި ނެތިގެން" ކުރާ ކަމެއް ކަމަށެވެ.

"އެއަށްވުރެ އަޅުގަނޑު މިބުނަނީ މާރަނގަޅެއް ނޫންހޭ އަޅުގަނޑުމެން ގެނެސްފައި، މިއުޅެނީ ލާރިކޮޅެއް ދައުލަތަށް ނުލިބިގެންނޭ 1000 ރުފިޔާ ވައްޓާލަ ދެވިދާނެހޭ. އެއިރުން އަޅުގަނޑުމެން 1000 ރުފިޔާ ދީފާނަން" ޝުޖާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!