ޚަބަރު

ރައީސްގެ މެސެޖު މަސްވެރިންނަށް: މަޝްވަރާ އިސްކުރައްވާ

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ތިނަދޫ ރައްޔިތުންނާ މުހާތާބަކުރައްވާ ވާހަކަފުޅު ދައްކަވަނީ

މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބިގެން މަސްވެރިން މުޒާހަރާ ކުރަމުން އަންނައިރު، މަސްވެރިންނާއެކު މަޝްވަރާގެ މޭޒަށް ދާން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު  ވިދާޅުވެއްޖެއެވެ.

Ads by MWSC

ފައިސާ ނުލިބޭ މައްސަލާގައި މަސްވެރިން މުޒާހަރާކުރަމުން އަންނަތަ ތިން ދުވަސްވެއްޖެއެވެ.

ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވޭ މިންވަރަކުން ދެމުން ގެންދާނެ ކަމަށެވެ. އެކަން ރައްޔިތުންނަށްވެސް އިނގެން ޖެހޭނެ ކަމަށާއި، ދެވެން ހުރި ފައިސާ ނުދީ ގަސްތުގައި ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

'' ..އަޅުގަނޑު އެދެނީ އިތުރަށް މަޝްވަރާ ކުރައްވަން. އަޅުގަނޑުވެސް މިހިރީ ތައްޔާރަށް، އަޅުގަނޑާ ބައްދަލުކުރަން ބޭނުންވަންޏާ އަޅުގަނޑުވެސް މިހިރީ މިރޭ ވިޔަސް މާދަމާ ވިޔަސް މަޝްވަރާކުރަން ތައްޔާރަށް'' އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންކަން ހައްލުވާނީ މަޝްވަރާގެ ތެރެއިން ކަމަށެވެ. މިސާލަކަށް ދެއްކެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މައްސަލައެވެ. ވިދާޅުވީ އެކަންވެސް ކުރައްވަމުން ގެންދަވަނީ މަޝްވަރާގެ އުސޫލުގެ ތެރެއިން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!