ދާދީ ފަހުން ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކޮންމެހެން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ބޭނުންވާ ކަމަށެވެ.
މަޖިލީސް އިންތިހާބަށް އެމްޑީޕީގެ ތަރުޖަމާނަކަށް އީސަ

އަންނަ މަހު ބާއްވަން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ތަރުޖަމާނަކަށް ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އީސަ ހަމަޖައްސައިފިއެވެ.
އިދިކޮޅު އެމްޑީޕީން މި ފަހަރުގެ އިންތިހާބުގައި 90 ދާއިރާއަކަށް ވާދަކުރެއެވެ. އެއީ 84 ފިރިހެން ކެންޑިޑޭޓުންނާއި ހަ އަންހެން ކެންޑިޑޭޓެކެވެ.
އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުން އެމްޑީޕީން މަދުވެގެން 65 ގޮނޑި ނަގާނެއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ހިތުހުރި ގޮތެއް ހަދާނެކަން މިވީ ދުވަސްކޮޅުގެ ތެރޭ އެނގިގެން ގޮސްފި ކަމަށެވެ.
ގެވެށި އަނިޔާ ކުރާ މީހެއް ޢީސައަކީ ކޮބާ ވައިފް