Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކުރި އެކަކު ދޫކޮށްލައިފި

ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކުރި އެކަކު ދޫކޮށްލައިފި

މި މަހުގެ ކުރީކޮޅު ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މާރާމާރީ ހިނގީ ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައެވެ. އެ މައްސަލާގައި ފަސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ މައްސަލާގައި ދޫކޮށްލާފައިވަނީ އިބްރާހިމް އިކްރާމް، މ. ލެޑްއޮފްގާޑަން (އ 32) އެވެ.

Advertisement
Ooredoo — Square (box)

ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލީފާ ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އިކްރާމް މާރާމާރީ ހިންގި މީހުންނާއި އެކު ދަނޑަަށް އެރި ކަމުގައިވީ ނަމަވެސް އޭނާ އަމަލީ ގޮތުން މާރާމާރީގައި ބައިވެރިވިކަމުގެ ނުވަތަ މާރާމާރީއަށް ހިތްވަރުދިންކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.

އަދި އޭނާ ބަންދަށް ގެނެވުނު ސަބަބަކީ މާރާމާރީ ހިންގަން ފުރަތަމަ ދަނޑަށް އެރި މީހުންގެ ތެރޭގައި އޭނާ ހުރުމުން ކަމަށްވެސް އެ ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް