ދީން

ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި, ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި, ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެެވެ.

Ads by Sosun Fihaara

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ"ނަބަވީ ސުންނަތާއި ތައުޙީދު" މިއެވެ.

ހުތުބާގައި ބުނީ އުޑާއި ބިން އުފެއްދެވުމާއި, ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި, ގަސްގަހާގެއްސާއި މޭވާތަކާއި, އިންސާނުންނާއި ޖަނަވާރުތައް ޚަލްޤު ކުރެއްވުން ދަލީލު ކޮށްދެނީ އެތަކެތި ހެއްދެވި ފަރާތެއް ވާކަމެވެ.

މަޚްލޫޤުން ތަފާތުވުމާއި އެތަކެތި ކިޔަމަންކުރައްވާފައިވާ ގޮތާއި އުފެއްދެވުމުގެ ފުރިހަމަކަން ދަލީލުކޮށްދެނީ ޚަލްޤުތަކުން ޚަލްޤު ކުރެއްވި ޚާލިޤަކު ވާކަން ކަމަށާއި ކޮންމެ ޞޫރައެއްގެ ފަހަތުގައި އެ ޞޫރަ ކުރި ފަރާތެއްވާނެކަން ކަމަށެވެ.

އަދި އިސްލާމް ދީނުގެ އަސާސަކީ ތައުޙީދު ކަމަށާއި މިދީނަކީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޝަރުޢު ކުރައްވާފައިވާ ހަމައެކަނި ދީން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗައް ކަމަށާިއ އެއީ، މާތް اللهُ އެއްކައުވަންތަކުރުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، ޙައްޖުވުން ކަމަށެވެ. މާތް الله އިންސާނުން ހައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށްވާއިރު، އެ އަޅުކަން އަޅުކަމެއްގެ ގޮތުގައި ބެލެވޭނީ ނުވަތަ އަޅުކަމަކަށްވާނީ ތައުޙީދާ އެކުގައި ކަމަށާއި އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ، އެއަޅުކަމެއް ފާސިދު ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!