ޑްރަގާއެކު ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން ބުނީ އެއީ ގޮދަން ފުށް ކަމަށް
ޑްރަގާއެކު ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން އެއީ ގޮދަން ފުށް ކަމަށް ބުނި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
އެ މައްސަލާގައި ބަންދުކޮށްފައިވަނީ އަހުމަދު ސުނިލް (39 އ) އައިޝާ މަންޒިލް/ ދ. ކުޑަހުވަދޫއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން ސުނިލްގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕީއައި، އޭއެމްޕީ އަދި ބެންޒޯއަށް ޕޮޒިޓިވް ވެފައެވެ. އަދި ފުލުހުންވެސް ވަނީ އޭނާ މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބުނެ ބަޔާން ދީފައިވާ ކަމަށްވެސް އިއްޔެ ކޯޓުން ނެރުނު އަމުރުގައި ބުންޏެވެ.
ބަންދުގެ މުއްދަތަަށް ފަސް ދުވަސް ޖަހާފައި ވަނީ އޭނާ އަތުން އަތުލާގަނެވިފައިވާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން ޓްރެފިކް މިންގަނޑަށް އަރާފައި ނުވާތީ ކަމަށްވެސް ގާޒީ ހުސެއިން ފާއިޒު ރަޝީދު ނެރުއްވި އަމުރުގައި ބުންޏެވެ.
ނަމަވެސް ފުލުހުންގެ އައިއޯއިން މިހެން ނިންމި ކަމުގައި ވީނަމަވެސް ފުލުހުންނަށް އެކަން ކަށަވަރުވެފައި އޮތުމުން އޭނާގެ ބަންދުގެ މުއްދަތު ކުރުކުރެވިފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އާއްމުވެފައިވާ މައްސަލައަކަށް ވެފައިވާއިރު އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
Ads by HDC