ހެންވޭރުގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ހެންވޭރުގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހެންވެއިރު ހިތިގަސް މަގުގައި ހުރި ފިހާރައެއްގެ ސޭޓެއްގެ ގައިގާ ޖަހާ މާރާމީ ހިންގި މައްސަލައިގެ ރިޕޯޓު މިރޭ 18:15 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ކަމަށާއި އެ ކުއްޖާއަށް މިޙާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް މި މާރާމާރީއާއި ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާއިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ މާރާމާރީއާއި ގޭންގު ވައޮލެންސްގެ އެކި ހަމަނުޖެހުންތައް ރާއްޖޭގައި އަންނަނީ ދުވަހަކަށް ވުރެން ދުވަހެއް އިތުރުވަމުންނެވެ. ރާއްޖޭގެ ސަރުކާރުން ދަނީ މިފަދަ މުޖުތަމައުއަށް ގެއްލުންހުރި އަމަލުތަކުން ޒުވާނުންނާއި އަދި އެހެނިހެން ފަރުދުންވެސް ދުރުހެލިކުރުމަށް އެކި މަސަކަތްތަކެއް ކުރާނެ ކަމަށް ވައުދުވެފައިއެވެ.