Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށުގައި 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށުގައި 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 18 އަހަރާއި ހަ މަހަށް ޖަލަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުވާ ސާބިތުވެފައިވަނީ ތ.ގުރައިދޫ / މިޔަވާލި، ހުސައިން ޒާހިނުގެ މައްޗަށެވެ.

އިތުރުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ޒަހީނު ހައްޔަރުކޮށް ބަންދުކުރީ 2020 ވަނަ އަހަރުއެވެ.

Advertisement
Allied Insurance — Square (box)

އެ މައްސަލައިގެ ހުކުމް މި މަހުގެ 15 ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާއިރު، އޭނާގެ މައްޗަށް އުފުލި ތިން ދައުވާވެސް ވަނީ ސާބިތުވެފައެވެ.

އެ ދައުވަތަތަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކުޑަކުއްޖަކަށް އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކުރުމުގެ ދައުވާއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ށ ގެ ދަށުން 15 އަހަރުގެ ހުކުމެއް ކޮށްފައިވާއިރު، 22 ވަނަ މާއްދާގެ ށ ގެ ދަށުން ތިން އަހަރުގެ އިތުރުން އެ މައްދާގެ ބ ގެ ދަށުން އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް