މާލޭ ފިހާރައެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

މ.ކޯޒީ ލޮޖްގެ ގުރައުންޑް ފުލޯގައި ހުރި ކައިޓިއަ ފިހާރާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކައިޓިއަ ފިހާރައިން ދުން އަރާކަމުގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 03:28 ހާއިރުކަމަށެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
މިގޮތުން ގޮސް ބެލިބެލުމުން، އެ ފިހާރަ ތަޅުލާފައި ހުރުމުން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ ރޭ 04:15 ހާއިރު ރޯވެފައި ހުރި އަލިފާން ނިއްވާލާފައި ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
މީގެ އިތުރުން މި ހާދިސާގައި ފިހާރައިގައި ހުރި ބައެއް މުދާތަކަށް ގެއްލުންވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.