ޚަބަރު

ކައުންސިލަރުން އަތުން ގޯސް ހެދެނީ ދޭން ޖެހޭ ތަމްރީނު ނުދެވޭތީ: މިނިސްޓަރު

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު އާދަމް ޝަރީފް/ ފޮޓޯ: ރައީސް އޮފީސް

ކައުންސިލުތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ގދ. ވާދޫގެ ހުރިހާ ކައުންސިލަރުން މަގާމުން އެކަހެރި ކުރަން ނިންމުމުން އެކަމާއި މެދު ކަންބޮޑުވެނުލައްވާ ކަމަށާއި ކައުންސިލަރުން އަތުން ގޯސްތައް ހެދެނީ އެކަށީގެންވާ ގޮތަށް ތަމްރީނު ދެވިފައިނުވާތީ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެލްޖީއޭއިން 27 މައްސަލަ އެއް ބެލުމަށް ފަހު މުސާރަ ނުހިނގާ ގޮތަށް ވާދޫ ކައުންސިލުގައި ހިމެނޭ ފަސް މެމްބަރުން ސަސްޕެންޑުކުރަން ނިންމީ ހުސްވި ހަފުތާގައެވެ. އެ އިދާރާއިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

އެ ނިންމުމާއި ގުޅޭ ގޮތުން ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ ''ދެން'' އިން އަހާލުމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ 200 އެއްހާ ކައުންސިލު އޮތްއިރު މިއީ އެންމެ ކައުންސިލަކުން ދިމާވި ކަމެއް ކަމަށެވެ. އެހެންވެ ކައުންސިލުތަކުގައި މާ ބޮޑެތި މައްސަލަތަކެއް އޮތީ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެއީ މާބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށް ރާއްޖޭގެ ހުރިހާ ކައުންސިލުތަކާއި ބައްދަލުކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވިއެވެ

''މިއީ ހަމަ އެންމެ ރަށެއްގެ އެންމެ ކައުންސިލެއްގެ ތެރޭގައި ހިނގާފައި ހުރި ކަންތައް، އެހެންވީމާ އަޅުގަނޑުގެ އެހާ ބޮޑު ކަންބޮޑުވުމެއް ނެތް"' ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް ކައުންސިލެއްގެ ހުރިހާ ބޭފުޅުން ފަރާތުން އެފަދަ ކަމެއް ދިމާވުމުން ''ދެރަވާ'' ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ގޮތުގައި ވާދޫ ކައުންސިލަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެންމެ އެކަށީގެންވާ ވަރަށް ތަމްރީނު ކުރެވިފައި ނެތުން ކަމަށެވެ. ވާދޫގެ ކައުންސިލަކީ ކޮވިޑު-19 ގެ ތެރޭގައި އިންތިހާބު ކުރެވުނު ކައުންސިލެކެވެ.

''ކޮވިޑުގެ ތެރޭގައި ވީމަ ޓްރެއިނިންތައް ގެންގޮސްފައި ހުރީ އޮންލައިންކޮށް، ފެންނަނީ ކައުންސިލްތައްވެސް ދެން އަންނަ ބެޗެއް ހޮވޭއިރު ވަރަށް ބޮޑަށް ޓްރެއިނިން އިތުރުކުރަން'' މިނިސްޓަރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނުކިޔަވާމީހާ

    ނޫން. ކައުންސިލަރުން ކިބަގައި ކޮންމެހެން ހުންނަންޖެހޭ ޝަރުތު ޝަރުތެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި ނުވުމުން ވާގޮތް