ޚަބަރު

މަޖިލިސް އިންތިހާބުގެ ރީ ރެޖިސްޓްރޭޝަނަށް ދޭނީ ތިން ދުވަސް: އީސީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ އޭޕްރިލްއަށް ފަސް ކުރުމުން، ދެން ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ ތިން ދުވަސްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ބުރާސްފަތި ދުވަހުއެވެ. އެ އިސްލާހުގައިވާގޮތުން އެއްވެސް އިންތިޚާބެއް ރަމަޟާން މަހުގެ ތެރޭގައި ނުބޭއްވޭނެއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އިންތިހާބު ލަސްވުމާއި ގުޅިގެން އައި ބަދަލުތައް ހިއްސާކުރައްވަމުން، ހަބީބް ވިދާޅުވީ އިންތިހާބިގެ ރީރަޖިސްޓްރޭޝަން އަށް އިތުރު 3 ދުވަސް ދިނުމަށްވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި މަޖިލިސް އިންތިހާބަށް އޮފިޝަލުންގެ ތަމްރީނުތައް ރޯދަ މަހުގެ ކުރިން ނިންމާނެ ކަމަށާއި އިދާރީ ގޮތުން ކުރަންހުރި މަސައްކަތްތައް ވެސް އޭގެ ކުރިޔަށް ނިންމާނެކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް މިފަދައިން ވިދާޅުވެފައިވާއިރު މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރޭޝަނަށް ފުރަތަމަ ހުޅުވާލި މުއްދަތުގައި ބައެއް ޤައުމުތަކާއި ރިސޯޓުތަކުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުންގެ އަދަދު މަދުވުމުން އެ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!