ޚަބަރު

އަންހެނުން ބާރުވެރިކުރުމަކީ އިންވެސްޓްމެންޓެއް، އެއްބާރުލުންދީ: އެމްޑީޕީ

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ/ ފޮޓޯ: އެމްޑީޕީ

އަންހެނުން ބާރުވެރިކުރުމަށް ކުރާމަސައްކަތަކީ ގައުމީ އިންވެސްޓްމަންޓެއް ކަމަށާއި އެކަން ހާސިލް ކުރެވޭނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކުގައި އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

Ads by STELCO

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ލީޑާޝިޕް މަގާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

އަދި ފާއިތުވި ފަސް އަހަރު އެމްޑީޕީގެ ސަރުކާރު ވެރިކަމުގައި އޮތްއިރު ވަޒީރުކަމުން ފެށިގެންގޮސް ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކަށް ގިނައަދަދެއްގެ އަންހެނުން އައްޔަނު ކުރެވިފައިވާ ކަމަށާއި އަދި އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ އެންމެ އިސްވެރިންނަށް އަންހެނުންނާ ފިރިހެނުން ހަމަހަމައަށް އައްޔަނުކުރެވިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އަދި އަންހެނުންނަށް ހާއްސަ ލޯނުތަކާއި އިގްތިސޯދީ މަސައްކަތްކުރުމަށް އެހީތެރިވެދިނުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގުނު ކަމަށާއި އަންހެނުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައިހަ މަސްދުވަސް ކަނޑައަޅާ، ދަރިއަކު ލިބުމާގުޅިގެން ފިރިހެނުންނަށްވެސް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭނެގޮތްވެސް ހަމަޖައްސާފައިވާނެ ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

 ފުރަތަމަފަހަރަށް ސުޕްރީމްކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނުކުރެވިފައިވަނީވެސް އެމްޑީޕީގެ ފާއިތުވި 5 އަހަރުގެ ވެރިކަމުގެ ތެރޭގައިކަމީ މި ޕާޓީއިން ފަހުރުވެރިކަމާއެކު ފާހަގަކުރާކަމެއް

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމަކަށްވާތީވެ އެ ޕާޓީގެ ފަރާތުން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިވަގުތު ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ތެރެއިން، މި މައްސަލައަށް ރަނގަޅު ހައްލެއް ހޯދާދިނުމަށް މި މަސައްކަތް ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ މަސައްކަތުގައާއި އަދި މޯލްޑިވްސް ޖެންޑާ އީކުއޭލިޓީ އެކްޝަން ޕްލޭންގައިވާ ކަންތައްތައް ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

Ads by Allied Insurance
  1. އަބްދޫ

    އެއީ އިންވެސްޓެއްނޫން އަންހެނަކު ވިޔަސް ފިރިހެނަކު ވިޔަސް ބާރުވެރިވާންޖެހޭނީ އަމިއްލަޔަށް ގާނޫނުއަސަސީގެ 17 ވަނަމާއދާގަ އޮތީ މިހެން. އަންހެނުން ބާރުވެރިކކުރާވަހަކަ ބުނީމަ މަށަށްވަނީ އަވަގުރާނައކަށް. ބާރުވެރިވަނީ ބަލިވެ އިނދެ ވިހެއީމަ ކިރުއަރާ ބާރުވުމަށް ވިސްނޭތީ.