ޚަބަރު ސަރުކާރު

ހަފްތާ14 އަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދިއްޖެ: ރައީސް

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ''ހަފްތާ14'' ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ދެތިން ކަމެއް ނޫނީ ހުރިހާ ކަމެއް ނިމިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ''ރައީސްގެ ޖަވާބު'' ގައި އާއްމުންގެ މީހަކު ވަނީ ސަރުކާރުން މިހާތަނަށް ފުއްދާފައިވާ ވައުދުތަކާއި ގުޅޭ ގޮތުން ރައީސްއާ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފުރަތަމަ 14 ހަފްތާ ތެރޭ ފުއްދަން ކަނޑައެޅީ 161 ވައުދެއް ކަމަށެވެ. އޭގެ ތެރެއިން ހުރިހާ ވައުދެއް ކަހަލަ ގޮތަކަށް ކަނޑައެޅިފައިވާ ޓާގެޓާއި ހަމައަށް ވާސިލުވެފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

"އަޅުގަނޑު ވައުދުވީ ވައުދުތައް ފުއްދަން އިރާދަކުރެއްވިއްޔާ ހަމަ އެގޮތަށް މަަސައްކަތްވެސް މިކުރަނީ"

ރައީސް ވިދާޅުވީ ހަފްތާ 14 ގެ ވައުދުތަކުގެ ތެރެއިން ނުނިމިއޮތީ ދެ ތިން ކަމެއް ކަމަށެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުން ހަފްތާ14 ގެ ތެރޭގައި 111 ވައުދެއް ހިމެނޭއިރު 102 ވައުދެއް ވަނީ މިހާތަނަށް ފުއްދާފައެވެ.

ރައީސް ވިދާޅުވި ގޮތުންނަމަ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުއްޓެވެ. ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުން ބޭނުންވާ ކަންތައްތައްވެސް ބައްލަވަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރުކުރައްވަން އެމަނިކުފާނު ފައްޓަވާފައިވާއިރު ރަމަޟާން މަސް ފެށުމާއި ގުޅިގެން މި ވަގުތު ދަތުރަށް ވަނީ ވަގުތީ މެނދުކަޑާލާފައެވެ. އެކަމަކު ރޯދަ މަސް ތެރޭގައި އެމަނިކުފާނު ރަށްތަކަށް ދަތުރުފުޅު ކުރައްވާނެ ކަމަށް ބެލެވެއެވެ. ރައީސް އަމާޒު ހިއްޕަވާފައިވަނީ މި ފަސް އަހަރު ތެރޭގައި ދެ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރެއްވުމަށެވެ.

ދަތުރުފުޅުތަކުގައި އެމަނިކުފާނު ގެންދަވަނީ ރަށްރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވާ، އެ ރަށްރަށަށް ބޭނުންޖެހިފައިވާ ކަންތައްތައް އޮޅުންފިލުއްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!