ޚަބަރު

ކޮވިޑްގެ ބަލި މީހާ ވިލިނގިއްޔަށް އަރުވަން ހުރަސްއެޅުމަކީ އެމްޑީޕީ ބަޔަކު ރާވައިގެން ހިންގި އަމަލެއް: އިދިކޮޅު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހާ، ގއ. ވިލިނގިއްޔަށް އަރުވަށް ހުރަސް އެޅުމަކީ އެމްޑީޕީ ބަޔަކު ރާވައިގެން ހިނގި އަމަލެއް ކަމަށް އިދިކޮޅު ޕީޕީއެމް،ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމުން މިހެން ބުނެފައިމިވަނީ ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި އެމީހާ ވިލިނގިއްޔަށް އަރުވަން ހުރަސް އަޅާފައިވަނީ ޕީޕީއެމްގެ މެމްބަރުންތަކެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީއަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިކަމުގައި އިސްކޮށް އުޅުނީ އެމްޑީޕީ މީހުން ކަމާއި އެގޮތުން އަތޮޅު ކައުންސިލުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންގެ ގާތް ތިމާގެ މީހުންކަން މަންޒަރު ދެކެފައިވާ ވިލިނގިލީގެ ރައްޔިތުން ހެކިވާނެ ކަމަށެވެ.

އަދި މި ހާދިސާ ހިނގާދިޔުމުގައި ގއ.އަތޮޅު ކައުންސިލްގެ ރައީސް އާއި ވިލިނގިލީ ކައުންސިލްގެ ރައީސްގެ އިތުރުން އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުގެ އިހުމާލު ވަރަށް ބޮޑު ކަމަށް ރައްޔިތުން ބުނާ ކަމަށްވެސް ޕީޕީއެމުން ބުނެއެވެ. އެއީ އެ ތިން ފަރާތުން ރާވައިގެން ހިންގި ކަމެއް ކަމަށާއި އެކަން ސާބިތުވަނީ ފަޅުގައި އެތައް އިރެއްްވަންދެން އޮތްއިރު ވެސް އެމީހާ ބަލާ އެމްބިއުލާންސް ފޮނުވާފައި ނުވުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ވިލިނގިލީ ރައްޔިތުން ބަދުނާމުކޮށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި މެދު އެ ރަށުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށްބވެސް ބުނެފައިވެއެވެ. އެގޮތުން އެއްވެސް ހަގީގަތެއް ބެލުމެއް ނެތި ނަޒްލާ ދެއްކެވި އެ ވާހަކަތައް ވެސް ޕީޕީއެމުން ވަނީ ކުށްވެރި ކޮށްފައެވެ.

ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީއަށް، އިތުރު ފަރުވާއަށް ގެންދިޔަ ފައްސިވި ބަލިމީހަކު އެ ރަށަށް އެރުވުމާއި ދެކޮޅަށް އެރަށުގެ މަދު ބަޔަކު ނުކުމެވަނީ ހުރަސް އަޅާފައެވެ. ވިލިނގިއްޔަށް ފަރުވާއަށް އެރިޔަ ނުދީ ފޮނުވާލާފައިވަނީ، ތިނަދޫއިން ބައްޔަށް ފައްސިވި އުމުރުން ދުވަސްވީ މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!